• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ލޮޓަސް ފިހާރައިން ގެންނަ އެއްވެސް މުދަލެއްގެ އަގު ބޮޑެއް ނުކުރާނެ!

ލޮޓަސް ފިހާރައިން ގެންނަ އެއްވެސް މުދަލެއްގެ އަގު ބޮޑެއް ނުކުރާނެ!މިހާރު މުޅި ދުނިޔެއަށް ބިރުވެރިކަމެއް ގެނެސްދީފައިވާ ކޮވިޑް19 އާ ގުޅިގެން ކުންފުނިން ވިއްކަމުންދާ ކާބޯތަކެތި އަގުބޮޑު ނުކުރާނެ ކަމަށް ލޮޓަސް ފިހާރައިން ބުނެފިއެވެ.
ލޮޓަސް ފިހާރައިން މިއަދު ރާއްޖެއިން ބޭރުން މުދަލުގެ އަގުބޮޑު ނުވާހާ ހިނދަކު ލޮޓަސް ފިހާރައިން ގެންނަ އެއްވެސް މުދަލެއް އަގު ބޮޑު ނުކުރާނެ ކަމަށެވެ. އަދި 100 ޕަސެންޓުގެ އިތުބާރު “އެންޓަބެކްސް” ހޭންޑުވޮޝް ގަނޑުކޮށް ވިޔަފާރިވެރިންނަށް ނުވިއްކާނެ ކަމަށާއި އާއްމުންނަށް ވަކިން ހޭންޑްވޮޝް ފުޅި ވިއްކާނެ ކަމަށް ލޮޓަސްއިން ބުންޏެވެ.
އާއްމުންނަށް ވަކި ހޭންޑްވޮޝް ވިއްކާނީ ފަރީދީ މަގުގައި އިންނަ ލޮޓަސް ފިހާރައިންނެވެ.
މި ދުވަސްވަރަކީ ރާއްޖެއިން ވެސް ކޮވިޑް19 ގެ ޕޮޒިޓިވް ހަ ކޭސްއެއް ފެނިފައިވާ ދަނޑިވަޅަކަށްވާއިރު ހޭންޑްވޮޝް އަދި ސެނިޓައިޒާ ފަދަ ތަކެތި ގިނަ އަދަދަކަށް އަންނަނީ ގަންނަމުންނެވެ. ނަމަވެސް މި ދަނޑިވަޅުގެ ފައިދާ ބައެއް ވިޔަފާރިވެރިން އަންނަނީ ނަގަމުންނެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި އަބަދުވެސް ލޮޓަސްއިން އަބަދުވެސް ވިސްނަމުން ގެންދަނީ ވިޔަފާރީގެ ފައިދާއަށްވުރެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފައިދާއަށްކަން ފާހަގަކޮށްލެވެއެވެ.Source link

Leave a Reply

Related Articles