• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ “ޓްރެވެލް ރިލޭޓެޑް” ކްލިނިކެއް މާލޭގައި ހުޅުވަނީ

“ޓްރެވެލް ރިލޭޓެޑް” ކްލިނިކެއް މާލޭގައި ހުޅުވަނީ


ކޯވިޑް-19 އާއި ގުޅިގެން ޓެރެވަލް ރިލޭޓެޑް ކްލިނިކެއް މާލޭގައި ހުޅުވަން ނިންމައިފިއެވެ.ކޯވިޑް-19 އާއިގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ކްލިނިކް ހުޅުވިގެންދާނީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ކަމަށެވެ.މި ކްލިނިކް ހުންނާނީ މާލެ ހިޔާ ފުރަގަހުގައި އޮންނަ ޖާގައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.މި ކްލިނިކްގެ މަޤްސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައި ތިބި ފަރާތްތަކުން އަދި ރާއްޖޭގައި ވެސް މިކަމުގެ އަލާމާތްތައް ހުރި ކަމަށް އަމިއްލައަށް ޝައްކު ކުރެވޭ ފަރާތްތަކަށް ގޮސް ޓެސްޓް ކުރެވޭނެ ވަސީލަތެއް ޤާއިމްކޮށްދިނުން ކަމަށެވެ.އަދި ހުރިހާ ފަރާތްތަކަށްވެސް އެ ކްލިނިކަށް ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.ޤައުމުތަކަށް ރާއްޖެއިން ދަތުރުފަތުރުގެ ސަމާލު ނެރިފައިވާ ތާރީޚުތައްޗައިނާ: 4 ފެބްރުއަރީން ފެށިގެންއީރާން: 26 ފެބްރުއަރީން ފެށިގެންސައުތް ކޮރެއާގެ 2 ޕްރޮވިންސް: 3 މާރޗުން ފެށިގެންއިޓަލީ: 8 މާރޗުން ފެށިގެންބަނގްލަދޭޝް: 10 މާރޗުން ފެށިގެންއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles