• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ޝިއުނާ

ޝިއުނާ


5258120

ފާޚާނައިން ނިކުތް އަންހެން ކުއްޖާހުރީ ތުވާލި ގައިގައި އޮޅާލައިގެންނެވެ. އެނދުގައި ހުސް ހައްޓާ އޮތް ފިރިހެނާއަށް ބަލާލުމެއް ނެތި ގޮސް އެއްޗެހިލާން ފެށިއެވެ. މޫނު ޖަރީކުރުމަށްފަހު ކަރުގެ ދެފަރާތަށް ސެންޓު ބުރުވާލިއެވެ. އޭރުވެސް ފިރިހެނާ އޮތީ މި އަންހެން މީހާއާ ދިމާލަށް ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެންނެވެ. ހީވަނީ ފުން ޚިޔާލެއްގައި އޮވެވޭ ހެންނެވެ. ބަލަހައްޓައިގެން ހުރީ އެ އަންހެން މީހާއާ ދިމާލަށް ނަމަވެސް އޭނާގެ ލޮލު ކުރިމަތިން ސިފަވަނީ އެހެން މީހެއްގެ ސޫރައެވެ. މިއަށްވުރެ މާތް މީހެއްގެ ސޫރައެވެ. މިހާލުގައި އޮވެ އޭނާއާ މެދު ވިސްނޭތީވެސް ފިރިހެން މީހާ ލަދުން އިސްޖަހާލިއެވެ. މިހާރު އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް އެ ޚިޔާލުތަކާ އެ ފާރުގަނޑުތަކުގެ އަސަރު ހިތުގައި އަދިވެސް އެހާމެ ތާޒާއެވެ. ނަންވެސް ނޭނގޭ އަންހެން ކުއްޖާ ރީތި ވެލައިގެން ނިކުންނަން ހިނގައިގަތެވެ. ދޮރުން ނިކުތުމުގެ ކުރިން އަތް ދިއްކޮށްލިއެވެ. ފިރިހެން މީހާ ވޮލެޓް ނަގާ އޭނާގެ އަތުގެ ތެރެއަށް އެއްހާސް ރުފިޔާގެ ނޫޓެއް ވައްޓާލިއެވެ. އަންހެން މީހާގެ މޫނަށް ބަލާވެސް ނުލައެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެނދުން ތެދުވެ ފާޚާނާއަށް ހިނގައިގަތެވެ. މޫނު ދޮވެލަން ލޯގަނޑަށް ބަލާލި ވަގުތު އަމިއްލަ ސޫރަ ފެނުމުން ފޫހިކަން ހިތަށް ވެރިވިއެވެ. ހީވާގޮތުން މިއީ އަމިއްލަ ނަފްސާމެދު މާ ހިތްހަމަ ޖެހޭ މީހެއް ނޫނެވެ. ފެން އިސްކޫރު ބަންދުކުރުމަށްފަހު އަނެއްކާވެސް އެނދުމައްޗަށް ގުޅަވަރަކަށް ޖެހިގަނެއްޖެއެވެ. ސީލިންގ އަށް ބަލަން އޮވެވުނު އިރެއް ނޭނގެއެވެ. އިސާހިތަކު އޭނާ އަށް ވިސްނެން ފެށީ އެ ދުވަސް ތަކުގެ މަތިންނެވެ. އޭނާގެ ދިރިއުޅުމުގެ ބަހާރު މޫސުމުގެ މަތިންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިއެވެ….
*** ***
“އާލިމް؟ ދަރިފުޅާ އާލިމް!”
ކޮޓަރީގެ ދޮރު ހުޅުވައިގެން ހުރެ އާލިމްގެ މަންމަ ދިޔައީ އޭނާ ހޭލައްވާލެވޭތޯ މަސައްކަތްކުރަމުންނެވެ. އޮފީހަށް ދާ ގަޑި ޖެހެން ދެން އޮތީ އެންމެ ގަޑިއިރެކެވެ. ފާޚާނައިގައި އެހާ ތަތްވާނެއެވެ. ރީތިވާ ލޯގަނޑު ކުރިމަތީ އެހާ ގިނައިރު ނަގާނެއެވެ. ގަޑި ނުޖެހި ދެވޭނި ހަމަ ކިރިޔާއެވެ. ދެން މުސާރަ ލިބޭ ދުވަހު ގަޑި ޖެހިގެން ރުފިޔާ ކަނޑާފައި ހުރުމުން ރުޅި އާދެވޭނެއެވެ. ދުވަހަކުވެސް ގަޑި ނުޖެހި ދާން އަޒުމް ކަނޑައަޅާނެއެވެ. ނަމަވެސް އެ ވާނީ އެއްވެސް އޮއްޓަރެއް ނެތް އަޒުމަކަށެވެ. އެހެންނޫންނަމަ މިހާރު ހުންނާނީ ތެދުވެ ފާޚާނާގައެވެ.
“ހޭލެވިއްޖެއޭ މަންމާ”
ފޫހިގޮތަކަށް އާލިމް ބުނެލިއެވެ. އެއްލޯ ހުޅުވާލާ ކައިރީގައި ހުރި ކުޑަ މޭޒުމަތީ ހުރި އެލާމް ގަޑިއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ފުއްމައިގެން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އަވަސް ނުކޮށްފިއްޔާ މިއަދުވެސް ގަޑި ޖެހޭނެއެވެ.
“މަންމަ ހާދަ ލަހަކުންނޭ ތި ގޮތީ”
ކުދި ކިޔަމުން ގޮސް އާލިމް ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް ފެންވަރާލުމަށްފަހު ރީތިވާ ލޯގަނޑު ކުރިމައްޗަށް އަރާ ހުއްޓިލިއެވެ. އާލިމްއަކީ ރީތި ފިރިހެނެކެވެ. މައްސަލައަކީ އޭނާއަށް އެކަން އެނގޭތީއެވެ. މިހާރު އެ ހުރެވެނީ ތިމާއަށް ތިމާ ފެނިފައެވެ. އަބަދު ކަމަކީ އަންހެން ކުދިންނާ ފްލާޓް ކުރުމެވެ. ސީރިއަސް ބިޓެއް ހުންނައިރުވެސް ސީރިއަސް ވަނީ ނަމަކުއެވެ. އޭނާ ބުނެއެވެ. ވަގުތު ޖެހުމުން ސީރިއަސް ވާނެއެވެ. އަދި އެ ވަގުތެއް ނުޖެހެއެވެ.
ކޮންމެއަކަސް އޮފީހަށް ދެވުނީ ވަގުތު ފާއިތުވި ފަހުންނެވެ.
ލަނޗް ބްރޭކްއަށް އާލިމް އަބަދުވެސް އޭނާގެ ލޯބިވެރިޔާ ޝިއުނާއާއެކު ކާން ދަނީ ބޭރަށެވެ. ޝިއުނާއަކީ ހިތް ހެޔޮ ކުއްޖެކެވެ. މާލޭގެ ބޮޑު މުއްސަންޖެއްގެ ދަރިއެކެވެ. އޭނާ ހިތްހަމަޖެހޭ ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ. މަޑުމައިތިރިއެވެ. ދީންވެރިއެވެ. މަންމައަށް އެހާމެ ކަމުދެއެވެ. ބަލާލަން ހުތުރެއް ނޫނެވެ. ނަމަވެސް ރީތި ކަމުގެ ޑިޕާޓްމަންޓުގައި އޭނާއާ އަރާ އަރަފޯދިގެން ނުވެއެވެ. އެހާ ފޮނި ވަނީ އެހެންވެ ކަންނޭނގެއެވެ. އާލިމް ހިތުން އެ މޫނުގެ ބޭނުންކޮށްގެން ނުލިބޭނެ އެއްޗެއް ނޯންނާނެއެވެ.
ޝިއުނާއަށް އާލިމް އަކީ ހުދު ކަފަކޮޅެކެވެ. ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ވެއްޖެއެވެ. ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުމެވެ. ރީތި ވެފައި ޝިއުނާ އުފަލުގައި ބަހައްޓަން އެނގެއެވެ. ބޭނުންވާ ޕްރައިވެސީ ޝިއުނާއަށް ދެއެވެ. އާއިލާ އެހާ ރަނގަޅެވެ. އޭނާގެ ރައްޓެހިން ދެކޭގޮތުގައި އާލިމްއަކީ އެމީހުންނަށް އެހާ ކަމުދާ މީހެއް ނޫނެވެ. ނަމަވެސް ޝިއުނާ ގަބޫލުކުރީ އެއީ އެމީހުންގެ ހަސދަވެރިކަން ކަމުގައެވެ. ނަމަވެސް ހަގީގަތުގައި އާލިމްއަކީ އެ ބުނާހާ ހެޔޮ މީހެއް ހެއްޔެވެ؟ ރުހުމުގެ ލޮލަކަށް އައިބެއް ނުފެނެޔޭ މީހުން ބުނެއެއް ނޫން ހެއްޔެވެ؟ ޝިއުނާއަށް ވެސް ހުރީ ކަނު ލޯބި ވެވިފައެވެ.
އާލިމް ދިޔައީ އެކި ރޭރޭ އެކި އަންހެން ކުދިންނާ ގުޅުން ބަދަހިކުރަމުންނެވެ. ބައެއް ފަހަރު ބޭރުންނެވެ. އަނެއްފަހަރު ކޮޓަރީގެ ހަތަރު ފާރުގެ ތެރެއިންނެވެ. ޝިއުނާ އަކީ އާލިމްގެ ފަރާތުން އަރާމަކަށް އެދޭ ކުއްޖެއް ނޫނެވެ. އަމިއްލައަށް ބޭނުންނުވާ ތާނގައި އާލިމްއަށް އަރާމެއް ދޭންވެސް ޝިއުނާ އަދި ބޭނުމެއް ނުވެއެވެ. ކައިވެންޏަށް ފަހުޔޯލައެވެ. ނަމަވެސް ޒުވާން އާލިމްގެ ޖިސްމަށް ކެތް ކުރެވޭނަމަތާއެވެ. ޝިއުނާއަށް ނޭނގޭ ގޮތަށް އޭނާގެ އަމިއްލަ ރައްޓެހިންނާވެސް އާލިމްވަނީ ގުޅުން ހިންގާފައެވެ. އަދިވެސް ދަނީ ގުޅުން ހިންގަމުންނެވެ. މައުސޫމު ޝިއުނާއަށް އެކަން އެނގޭ ނަމައެވެ.
ކޮންމެ ފަދަ ގޮތަކަށް އުޅުނަސް އާލިމް ޝިއުނާދެކެ ލޯބިވެއެވެ. އޭނާއާއެކު މިވީހާ ދުވަހު އެ އުޅެނީވެސް އެހެންވެއެވެ. ލޯބި ނުވާނަމަ މިހާރު ދޫކޮށްލިތާ ކޮން ދުވަހެއް ހެއްޔެވެ؟ ނަމަވެސް ޝިއުނާ އަކީ އާލިމް ބުނާ ގޮތުން ކައިވެނިކުރަން އެންމެ ފުރިހަމަ ކުއްޖާއެވެ. ކިތަންމެ ވައްތަރަކަށް އޭނާ އުޅުނަސް ކައިވެނި ކުރާނީ ހަމައެކަނި ޝިއުނާއާއެވެ. އެއީ އޭނާގެ ހިތަށް ކޮށްފައިވާ ވަޢުދެކެވެ. އެ އަހުދުގައި ހިފައިގެން އާލިމް ހުރީ ޝިއުނާއަށް މިއިން އެއްވެސް ކަމެއް ނޭނގޭނެއޭ ހިތާއެވެ. ނަމަވެސް ހަތަރު ލައްކަ މީހުން އުޅޭ މި ކުޑަ ގައުމުގައި އެއްވެސް ކަމެއް ސިއްރުވޭ ހެއްޔެވެ؟
އެއް ރޭ އަށެއް ޖަހާކަށް ހާއިރު ޝިއުނާގެ ފޯނަށް ލިބުނީ މެސެޖެކެވެ. އެއް ފޮޓޯ އިން ފެށުނު މި ކޮންވަޒޭޝަނަށް ދެތިން ފޮޓޯ އަޅާ ހަމަވެއްޖެއެވެ. ކޮންމެ ތަސްވީޜެއްގައި ވަނީ އާލިމްއެވެ. ކޮންމެވެސް އާ އަންހެން ކުއްޖަކާއެކުއެވެ. އެހާ ގައިގޯޅި ވެގެން ހުއްޓައެވެ. ޝިއުނާގެ ހިތަށް ކިތަންމެ ތަދުވިޔަސް އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ފޮޓޯ އަކީ ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭނޭ އެއްޗެކެވެ. މި ޒަމާނުގެ ތަރައްގީގައި އެންމެ އާދައިގެ މީހާއަށްވެސް އެ ވަރު ކުރެވިދާނެއެވެ. ކޮންމެވެސް މީހަކު އެދެމީހުންގެ ދެމެދަށް ވަންނަން އުޅެނީއޭ ޝިއުނާ ހިތާ ހިތުން ކިޔަމުން ދިޔައެވެ. ނަމަވެސް ދެން ލިބުނު ފޮޓޯ އިން ޝިއުނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
މި ފޮޓޯގައި ވަނީ ޝިއުނާގެ އެންމެ ގާތް އެކުވެރިޔާއާއި އާލިމް އެވެ. ގަބޫލުނުކުރެވޭހާލު ޝިއުނާ އެ ފޮޓޯ ތަކަށް ބަލަމުން ދިޔައެވެ. ރުޅިވެރި ކަރުނަތައް ލޮލަށް ބޭވަފާތެރިވަމުން ދިޔައީ އެއްވެސް އިންޒާރަކާ ނުލައެވެ. އަނެއްކާ މެސެޖެއް އަތުވެއްޖެއެވެ. ވަރަށް ހުޝިޔާރު ކަމާއެކު ޝިއުނާ އެ މެސެޖް ހުޅުވާލިއެވެ. އޭގައި ވަނީ ހަގީގަތް އެނގެން ބޭނުންވަންޏާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒާނާ ގެ ގެއަށް މިވަގުތު ދާށެވެ.
ޒާނާގެ މައިންބަފައިންގެ ހުންނަނީ އޭނާ އެކަންޏެވެ. މެލޭޝިޔާގައި އޮތް ވިޔަފާރި ބައްދަލުވުމަކަށް އެ ދެމަފިރިން ވަނީ ރާއްޖޭއިން ބޭރަށް ގޮހެވެ. އެކަމުގެ އުފަލުގައި އެ ގޭގައި އެމީހުން ސްލިޕް އޯވާއެއް ހެދީ ދާދި އިހަކަށް ދުވަހުއެވެ. އޭނާގެ އަތުގައި އެގެއަށް ވަދެވޭ ގޮތަށް ކީ ކާޑަކާއި ތަޅުދަނޑިއެއްވެސް އޮވެއެވެ. ސިކުންޑިއަށް ޚިޔާލު ބަދަލުކުރާނެ އެއްވެސް ފުރުސަތެއް ނުދީ ޝިއުނާ ތެދުވެގަތީ ޒާނާ ގެ ގެއަށް ދާށެވެ.
އެ ގޭ ކުރިމައްޗަށް ޓެކްސީ މަޑުކުރުމާއެކު ޝިއުނާ އަވަސް އަވަހަށް ފޭބިއެވެ. ލިފްޓުގައި ހުރި އިރުވެސް ހިތް ތެޅެމުންދިޔައީ އާދަޔާ ޚިލަފަށް ބާރަށެވެ. މުޅި އަތްފައި ވަނީ ފިނިވެފައެވެ. ނޭވާ ލާން އުނދަގޫވާ ހެންވެސް ހީވެއެވެ. އެންމެ ފަހުން ޒާނާމެން އުޅޭ ފަންގި ފިލާއަށް ލިފްޓު ހުއްޓުމުން މަޑުމަޑުން ނިކުމެއްޖެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އަޑު ނީވީހާ މަޑުން ގޭގެ ދޮރު ހުޅުވައިފިއެވެ. އެތެރޭގައި ހުރި އާލިމްގެ ފައިވާން ފެނި ޝިއުނާ ދެ ލޯ ބާރަކަށް މަރާލިއެވެ. ނަމަވެސް އަދިވެސް ހެކި ބޭނުންވިއެވެ. ކިތަންމެ ހިތް ރޮމުން ދިޔަޔަސް ޝިއުނާ ހިނގައިގަތީ ޒާނާގެ ކޮޓަރިއާ ދިމާލަށެވެ.
ކޮޓަރިތެރެއިން އިވެމުންދިޔައީ މަޑު މިއުޒިކުގެ އަޑެވެ. ދޮރު ހުޅުވާލީ ލަސްލަހުން މަޑުމަޑުންނެވެ. ކޮޓަރީގައި އަލި މަޑު ނަމަވެސް އެނދުމަތީ ހުސްގަޔާ ޝަހުވާނީ އެދުން ފުއްދުމުގެ މަސްތުގައި ޖެހި ތިބި ދެ މީހުން ޝިއުނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. ފައިކޮޅުން ވަރު ދޫވެ ބިންމަތީ އިށީނދެވުނެވެ. ލޮލުން ހޯސްލާފައި ފައިބަން ފެށީ ހޫނު ކަރުނައެވެ. އޭރުވެސ އެނދުގައި ތިބި ދެމީހުންނަށް ރޭކާވެސް ނުލައެވެ. މި ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައި އަޑުން އަޑު ނަގާ ޝިއުނާ ރޯން ފެށީމައެވެ.
އާލިމް އަށް ހުރެވުނު ތަންވެސް ހަނދާން ނެތުނު ކަހަލައެވެ. ބިންމައްޗަށް ވެއްޓި އިން ޝިއުނާ ފެނި ފުއްމައިގެން ތެދުވެ ގައި ނިވާކޮށްލިއެވެ. ޒާނާއާއި ދުރަށް ޖެހެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ހިތުގެ ދުވެލި އިހުނަށްވުރެ ބާރުވިއެވެ. ޝިއުނާ ގާތަށް ގޮސް މައާފަށް އެދެން ހިތް ރޮމުންދިޔައެވެ. ނަމަވެސް ޝިއުނާގެ މޫނުމަތިން ފެނުނީ ނަފްރަތުގެ ކުލަވަރެވެ. އޭނާ މި ދުނިޔެމަތިން އެންމެ ލޯބިވި ދެމީހުންގެ ފަރާތުން ލިބުނު ބޭވަފާތެރިކަމުގެ ރަހަ މިހާ ހިތިވާނޭކަމުގައި އެކަކުވެސް ހިތަކަށް ނާރުވައެވެ.
އަވަސް އަވަހަށް ބޮކްސާ ލައިގެން އާލިމް ދުއްވައިގަތީ ޝިއުނާ ނިކުންނަން ހިނގައިގަތީމައެވެ. ނަމަވެސް އޭނާއަށް ދެވުމުގެ ކުރިން ލިފްޓުގެ ދޮރު ލެއްޕި އަބަދާއި އަބަދަށް ޝިއުނާ އޭނާގެ ދިރިއުޅުމުގެ ދޮރުން ބޭރު ވެއްޖެއެވެ. ޖެހިގެން އައި ދުވަހު ޝިއުނާ ފުރީ ދުވަހަކު އަނބުރާ ނާންނަ ގޮތަކަށް އޮސްޓްރޭލިއާއަށެވެ. އެ ތަނުގައި ހުރި އޭނާގެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކާ ކައިވެނި ކުރި ހަބަރު ލިބުނު ދުވަހު އާލިމަށް ހުރެވުނު ތަނެއްވެސް ނޭނގުނު ކަހަލައެވެ. ނަމަވެސް ޝިއުނާ ފަދަ ރަންގަނޑެއް ލިބުމުން ވެސް އެ ލޯތްބަށް ފަސް ދެވުނީތީ އޭނާ ހިތާމަކުރެއެވެ.
އާލިމްގެ ދިރިއުޅުމަށް އެފަހުންވެސް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އުޅުން ހުރީ ހަމަ އެ ގޮތަށެވެ. އުމުރުން ތިރީހަށް ދާ އިރުވެސް މީހަކާ އިންނަ ޚިޔާލެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އޭނާގެ ހިތް ދެވުނީ އެންމެ ކުއްޖަކަށެޥެ. ލޯބިވެވޭނީ އެއްފަހަރުއެވެ. ނަމަވެސް ދިރިއުޅުން ކުރިއަށް ދާނެއެވެ.
– ނިމުނީ
ކެޓެގަރީ: ކުރުވާހަކަ ލޯބީގެ ވާހަކަ

5258

Hi

0.0

Salhi

2

8 months ago

mahaa rani

0.0

afra ge vaahakathah boycott kohfa innay. mi vaahaka nuves kiyaa hama ekani comment eh kohlan mi vany ves. mahujanu vaahaka ah hedhi gothun

3

1

8 months ago

މާ

0.0

ކޮބާތަ މަހުޖަނު ވާހަކަ އަފްރާ.. ވަރަށް އިންތިޒާރު ކުރަން އަދިވެސް

8

8 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles