• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވުން! ބާޒާރު މިހާރު އޮތީ ޖީބުގަ!: ޝައިޚް ޝުޢައިބް ނާޒިމް

ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވުން! ބާޒާރު މިހާރު އޮތީ ޖީބުގަ!: ޝައިޚް ޝުޢައިބް ނާޒިމް



ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވާނެ ކަމަށް އޮތް ޙަދިޘް ބަސްފުޅަށް ވިސްނަވައިލައްވަވާށެވެ! ދާދި ފަހަކާއި ޖެހެންދެން ބާޒާރަށް ދާން ބޭނުންވެއްޖެ ނަމަ ރަށުގެ ބާޒާރު ސަރަހައްދަށް ދަތުރުކުރަން ޖެހެއެވެ. ދާން ޖެހެއެވެ.
ނަމަވެސް މިއަދު ގެއިން ނުކުންނައިރު ފިހާރަތަކެވެ. ބާޒާރަށް ދާކަށް ނުޖެހެއެވެ. ގެއިން ނުކުމެފައި ފިހާރަތަކަށް ވަންނަންވީއެވެ. އަދި ކީއްހެއްޔެވެ؟ ދުނިޔޭގެ ބާޒާރުތައް ކައިރިވެ މީސްތަކުންގެ ޖީބަށް ވަދެއްޖެއެވެ. މިއަދު އެންމެ ގިނަ ބައަކު ބާޒާރުކުރަނީ ފޯނުންނެވެ. ގޭގައި ހުރެ ފޯނުން ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ އުފެއްދުމެއް ނަމަވެސް ފަސޭހަކަމާއިއެކު ގަނެލެވެއެވެ.
ވީމާ ބާޒާރުތައް ކައިރިވާނީ މިހައިވަރަކަށް ނޫންތޯއެވެ!
–ޝައިޚް ޝުޢައިބް ނާޒިމް މިފަދަ ކޮންމެ ކަމެއްވެސް ހިނގާނެއެވެ! ޢަލާމާތްތައް ފައުޅުވާނެއެވެ! އެއީ ހުއްތުވޭނެ ކަންކަމެއް ނޫނެވެ. މީސްތަކުންނަސް އޮތީ މިފަދަ ކޮންމެ ކަމަކަށް ވިސްނައި މިފަދަ ޒަމާނެއްގައި ޝައިޠޯނާ ޙަރަކާތްތެރިވާނެ މިންވަރަށް ވިސްނައި ހޭލުންތެރިވުމެވެ. ޝައިޠޯނާގެ ދަންތުރައިގައި ނުޖެހި ތިމާގެ ޢަމަލުތައް ހެޔޮ ގޮތުގައި ބަހައްޓައި ސުވަރުގެ ލިބިގަތުމްށް ގަދައަޅައި މަސައްކަތްކުރުމެވެ.



Source link

Leave a Reply

Related Articles