• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޯމައްޔިތާ ވަޅުލުމަށްފަހު އޭނާއަށް ކަށްވަޅުގައި ޘާބިތުކަން ދެއްވުން އެދި ދުޢާ ކިރެވި ދާނެތ؟

ޯމައްޔިތާ ވަޅުލުމަށްފަހު އޭނާއަށް ކަށްވަޅުގައި ޘާބިތުކަން ދެއްވުން އެދި ދުޢާ ކިރެވި ދާނެތ؟


Share on FacebookShare on Twitter

ސުވާލު : މައްޔިތާ ވަޅުލުމަށްފަހު އޭނާއަށް ކަށްވަޅުގައި ޘާބިތުކަން ދެއްވުން އެދި ދުޢާ ކިރެވި ދާނެތޯ؟
ޖަވާބު : މައްޔިތާ ވަޅުލުމަށްފަހު އޭނާއަށް ކަށްވަޅުގައި ޘާބިތުކަން ދެއްވުން އެދި، އަދި ފާފަ ފުއްސެވުމަށާއި ރަހްމަތް ލެއްވުން އެދި ދުޢާކުރުމަކީ ސުންނަތުން ޘާބިތުވާ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކިބައިން ޢުޘްމާނުގެފާނު ރިވާކުރެއްވި ފަދައިންނެވެ. ((إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ ، فَقَالَ : اسْتَغْفِرُوا لِأَخِيكُمْ ، وَسَلُوا لَهُ بِالتَّثْبِيتِ ، فَإِنَّهُ الْآنَ يُسْأَلُ) رواه أبو داود (3221 ) وصححه الشيخ الألباني في صحيح أبي داود . ޢުޘްމާނުގެފާނު ވިދާޅުވިއެވެ. ”ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްޔިތާ ވަޅުލާ އަވަދިވުމުން ޤަބުރުގެ ކައިރީގައި ހުއްޓިވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުންގެ އަޚާގެ ފާފަފުއްސަވައިދެއްވުން އެދި ދުޢާ ކުރާށެވެ. އޭނާއަށް (މަރުވެފައިވާ މައްޔިތާއަށް) ޘާބިތުކަން ދެއްވުން އެދި ތިޔަބައިމީހުން ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން މިހާރު އޭނާއާ އެބަ ސުވާލު ކުރެވެއެވެ.“ މިގޮތަށް ދުޢާކުރާއިރު ދުޢާކުރަނީ ފަރުދީ ކޮށެވެ. ޖަމާޢީކޮށް އެކަކު ދުޢާކީމާ އެންމެން އާމީން ކިޔާގޮތަކަށް ނޫނެވެ. އަދި ދުޢާކުރާއިރު ކުރިމަތިލާނީ މަހާނައާ ދިމާލަަކަށް ނޫނެވެ. ކުރިމަތިލާނީ ޤިބުލައަށެވެ. ދިވެހިބަހުން ދުޢާކުރުމުން ރަނގަޅުވާނެއެވެ.
 
ޖަވާބު ދެއްވީ = الشيخ محمد شافع



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles