ލޯބި ހޯދަން ލޯތްބާ ދުރަށް
ބުދަ ދުވަހާ ގުޅޭ
އެކަމަކު ނަޝްފާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. އެ ވަގުތު މިހާދަށް ފޯނެއް އައިސްގެން މިހާދު ދުރަށް ޖެހިލިއެވެ.
“މަ ވެސް ދާނަން.” ނަޝްފާ ބުންޏެވެ.
“އެކަމަކު ޓެސްޓު މިހާ ކައިރިވެފަ އޮއްވާ ދަރިފުޅަކަށް ނުދެވޭނެއްނު!” ވިސްނައިދޭ ކަހަލަ ރާގެއްގައި ރިފާ ބުންޏެވެ. “ދަރިފުޅު މަޑުކުރޭ މާމަ ކައިރީގަ. ބައްޕަޔާ އެއްކޮށް މަންމަ ދާނަން. މިހާދު ވެސް ދާނެހެން ހީވަނީ.”
“އެހެންވެޔޭ އަހަރެން ބިރުގަންނަނީ.” ނަޝްފާ މަޑުމަޑުން ބުނެލިއެވެ.
ރިފާ ބަލައިލީ ނަޝްފާ ބުނި އެއްޗެއް ނުވިސްނިގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. އެ ދަނޑިވަޅަކީ އެ ފަދަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަން ނަޝްފާއަށް އެނގެއެވެ. އެހެންނަމަވެސް، އެ ވާހަކަ ނުބުނެވުނީތީ ފަހުން ހިތާމަކުރާކަށް ނަޝްފާ ބޭނުމެއް ނޫނެވެ.
“އަހަރެން މި ހުންނަނީ އަދި އިހަށް މި ވާހަކަ ނުދައްކަން،” ނަޝްފާ…