• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ލޯބި ހޯދަން ލޯތްބާ ދުރަށް

ލޯބި ހޯދަން ލޯތްބާ ދުރަށް


ބުދަ ދުވަހާ ގުޅޭ

އެއަށް ފަހު އެނދުގައި އަޅާފައި އޮތް ފޮތިގަނޑު ނެގިއެވެ. ފޮތިގަނޑުގެ އެއްކޮޅު ފަންކާގައި އެއްސިއެވެ. ނަޝްފާ އިނީ މާމަ ކޮޓަރީގައެވެ. އެކަނިމާ އެކަންޏެވެ. އެ ވަގުތު ނަޝްފާގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ހިތުގައި މަންމައަށް ޓަކައި އުތުރުއަރަމުންދިޔައީ އަލިފާނެވެ. ބައްޕައަށް ޓަކައި ހަމްދަރުދީއެވެ.

“މަންމަ އަންނަން ޖެހޭނީ!” ހިތާހިތުން ނަޝްފާ ބުނެލިއެވެ.

ނަޝްފާއަށް ޚަބަރު ފޮނުވާފައި ރިފާ ކޮޓަރިއަށް ވަން އިރު މިހާދު އުޅެނީ ފާހާނައިގައެވެ. ރިފާ އެނދުގައި އިށީނދެލިއެވެ. އެ ވަގުތު ރިފާގެ ލޮލުގައި އަޅައިގަތީ ފޯމެކެވެ. ފޯމު ބާއްވާފައި އޮތީ އެނދު ކައިރީގައި ހުރި ކުޑަ މޭޒު މަތީގައެވެ. ހީވާ ކަހަލައެވެ. ރިފާއަށް އެ ފޯމު ފެންނަން މިހާދު ބޭނުމެވެ. ރިފާ ބަލައިލި އިރު އެއީ ތާރީހު ޖަހައި ސޮއި ވެސް ކޮށްފައިވާ ވަރިފޯމެކެވެ. ރިފާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ހިތަށްއެރިއެވެ. ހަގީގަތުގައި ވެސް ރިފާ ވަރިކުރަނީ ހެއްޔެވެ؟ އެ ކަން…

އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles