• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ލޯބި ހޯދަން ލޯތްބާ ދުރަށް

ލޯބި ހޯދަން ލޯތްބާ ދުރަށް


ބުދަ ދުވަހާ ގުޅޭ

“ހިނގާ ފޮއްޓަށް އެއްޗެހި އަޅަން. ހެނދުނު ކޯޓަށް ދާންޖެހޭނެ.” ފެންކަޅިވި ނަމަވެސް ހިނިތުންވެފައި މިހާދު ބުންޏެވެ.

އަލަމާރީގެ ކޮނޑުތަކުގައި ހުރި ހެދުންތައް ނަގައިފައި ދިއްކުރީ މިހާދެވެ. ފޮށީގައި ތަރުތީބުކުރީ ރިފާއެވެ. އެތައް ވާހަކައެއް ދައްކަން ދެ މީހުން ވެސް ބޭނުމެވެ. އެކަމަކު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ފޮއްޓަކަށް ފަހު ފޮއްޓެއް ފުރެމުން ގޮސް ބޮޑު ތިން ފޮށި ފުރުނެވެ. ފަހު ފޮށި ލެއްޕި އިރު ގަޑިން ދަންވަރު ބާރަގަޑި ބައި ވަނީއެވެ.

“ދެން ހިނގާ ނިދަމާ ދޯ!” ރިފާ ބުނެލިއެވެ.

“މިރެޔަކު ނިންޖެއް ނާންނާނެ،” މިހާދު ބުންޏެވެ. “ދިޔުމުގެ ކުރިން ހިތްފުރެންދެން ބަލަން ބޭނުން.”

ރިފާގެ ހިތް ރޮއިގަތް އަޑު މިހާދަށް އިވިދާނެތީ ނިކަން ބާރަށް ރިފާ ހީނގަތެވެ. ހިނިތުންވުން ތުންފަތުގައި ކުރަހައިގެން ރިފާ ފޮރުވީ ކޯޗެއްކަން މިހާދަށް އެނގެއެވެ. އެހެންވެ މިހާދު ކަޅިޖަހައި ނުލައި ބަހަލައްޓައިގެން…

އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles