ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރްގެ “ގުރުބާން” އާއި ކަންގަނާ ރަނާވަތާއި އިމްރާން ހާޝިމީގެ “އުނގްލީ” ގެނެސްދިން ޑައިރެކްޓަރު ރެންސިލް ޑި ސިލްވާ އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
އަންގާރަ ދުވަހު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމަކީ “ޑަޔަލް 110” ގެ ނަމުގައި ހަދާ ސަސްޕެންސް ތުރިލާއެކެވެ. ފިލްމުގެ ލީޑް ކާސްޓުންނަކީ މަނޯޖް ބަޖްޕާއީ އާއި ނީނާ ގުޕްތާގެ އިތުރުން މަޝްހޫރު ޓީވީ ބަތަލާ ސާކްޝީ ތަންވަރެވެ.
“ޑަޔަލް 110” އަކީ ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ މަސައްކަތް ފެށި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
View this post on Instagram A post shared by Taran Adarsh (@taranadarsh)
ރެންސިލް ކުރިން ގެނެސްދިން ދެ ފިލްމަކީ ކްރިޓިކުންގެ ލޯބި ލިބުނު ފިލްމުތަކަކަށް ވިޔަސް، އެ ފިލްމުތަކަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމުތަކެއް ނޫނެވެ.
…
އިތުރަށް ވިދާޅުވޭ
, 2020-12-03 08:31:52