ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ މާފިއާ އުސޫލުން: އަފީފް
ރާއްޖޭގައި މިހާރު ހިންގާ ބައެއް ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ މާފިއާ އުސޫލުންކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ހަސަން އަފީފް މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުޅިވަރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުންނެވެ.
ހަސަން އަފީފް ވިދާޅުވީ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކުރިއަށްދަނީ ޤަބޫލުކުރެވޭ އުސޫލަކުން ނޫންކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބައެއް ޖަމުޢިއްޔާ، ކްލަބްތަކުގެ ހިންގާ ކޮމިޓީތައް ޤާނޫނާއި ހިލާފަށް ބަދަލުކޮށްފައި އެބަހުރިކަމަށްވެސް އަފީފް ވިދާޅުވިއެވެ. އަފީފް ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމަށް މުއައްސަސާތަކަށް ހުށަހެޅުމުން މައްސަލަ ބެލޭ ތަން ނުފެންނަކަމަށެވެ.
“ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންގެ ގޮތުގައި އެތައް މެމްބަރުންނެއް ތިބޭއިރުގައި، މަދު ކްލަބްތަކަކަށް ފުރުޞަތު މިދެނީ ވޯޓް ދިނުމަށް، މިއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން. ބައެއް ކްލަބްތަކުގެ ހިންގާ ކޮމިޓީ ބަދަލުކޮށްފައި އެބައޮތް ވަގު ސޮއެކޮށްގެން. މީހުންގެ ވަގު ސޮއެކޮށްގެން ނޭގި…
އިތުރައް ވިދާޅުވޭ